-Advertisement-

-Advertisement-

ފުވައްމުލަކުގައި ބިއްލޫރި ޝީޓުތަކެއް ވެއްޓި 4 މީހަކަށް އަނިޔާވެއްޖެ!

ފުވައްމުލައް - ގޫގުލް އިމޭޖް ރިސަލްޓސް

ފުވައްމުލަކު ސިޓީގައި ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް އުފުލަން އުޅުމުގެ ތެރޭގައި އެ ޝީޓުތައް ވެއްޓި 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 09:32 ހާއިރު ބިއްލޫރި ޝީޓުތަކެއް ވެއްޓި ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.

އެ ހާދިސާ ހިނގީ، ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން ހުސްކުރަން އުޅުނު ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރެއިންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ދިވެއްސަކާއި ދެ ބިދޭސީންނަށެވެ.

އަދި މިހާރު އަނިޔާވި ހަތަރު މީހުން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-