-Advertisement-

-Advertisement-

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވެލިދޫއިން 7 މީހުން ހައްޔަރުކޮށްފި

ނ ވެލިދޫގައި ފުލުހުން ހިންގި މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އާއިއެކު 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މި މަހުގެ 12 ވަނަ ދުވަހު ވަނީ ވެލިދޫގެ ގެތަކެއް ބަލައި ފާސްކޮށްފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބުރަދަނުގައި 1547.44 ގްރާމް ހުރިކަމުގައެވެ.

އަދި އެތަންތަނުން ފެނުނު ޖުމުލަ ފައިސާ 50،000ށް ވުރެ މައްޗަށް އަރާ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި އޮޕަރެޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ، 8 އަޙްމަދު މުރުޝިދު (35އ)، ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-