-Advertisement-

-Advertisement-

ރޭސް ކާރު އެކްސިޑެންޓް: ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި

ފޮޓޯ: ފުލުހުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގި މިއެކްސިޑެންޓްގައި ކާރު ކޮންޓްރޯލް ނުވެގެން ގޮސް ވިނަރެސް ފްލެޓް ކުރިމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހި، އެވަގުތު ސައިކަލުގެ މަތީގައި އިން މީހާ ވިއްސައިގެން ގޮސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެކްސިޑެންޓްވުމުން ކާރު ދުއްވަން އިން މީހާ އެވަގުތު އެތަނުން ފިލާފައިވާއިރު، ފުލުހުން ވަނީ ފަހުން އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ މިހާދިސާ އާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ ކ. މާލެ، ހ. ނޫރަންމާގެއާގެ، އިކްރާމުއްރަހްމާން، ކ. މާލެ، މ. ލޭންޑްއޮފްގާރޑްން، އިބްރާހިމް އިކްރާމް، ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހް އިސްމާއީލްއެވެ. މީގެ ތެރެއިން ކާރު ދުއްވަން އިނީ އިބްރާހިމް އިކްރާމެވެ.

ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވިނަރެސް ފްލެޓް ކައިރީ ރޭސިން ކާރެއް ދުއްވާފައި ގޮސް ކޮންޓްރޯލް ނުވެ ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގައި ތުހުމަތު ކުރެވޭ ތިން މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ މިއަދު ބަލައިގަނެފައެވެ.

ޕީޖީން ތިން މީހުންގެ މައްސަލަ ވެސް ބަލައިގަނެފައިވާއިރު، ހައިކޯޓުން ވަނީ މިމައްސަލައިގައި ހިމެނޭ އިބްރާހިމް އިކްރާމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދީފައި ނުވާތީވެ ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލުކޮށް އޭނާ މިނިވަން ކުރުމަށް އަމުރުކޮށްފައެވެ.

ނަމަވެސް ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-