-Advertisement-

-Advertisement-

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ފޮޓޯ: އޭޝިއާ ޓައިމްސް

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދުގެ ވަގުތެއްގައި ސައުތް ސެންޓްރަލް ޕޮލިހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައި ނުވާއިރު ފުލުހުން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ވަރަށް ސީރިއަސް ގޮތެއްގައި ބަލާނެ މައްސަލަތައް ކަމަށާއި އެހެންކަމުން ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަނުކުރާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-