މީހަކަށް ކަޓަރުން ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.
މުދަލަށް ގެއްލުން ދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތިމަރަފުށްޓަށް ނިސްބަތްވާ އަންހެނެކެވެ.
އެގޮތުން ކްރިމިނަލް ކޯޓުން ވަނީ މި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓް ހިމެނެއެވެ.
އެހެން ނަމަވެސް އޭނާ ވަނީ ޝަރީޢަތުގައި ބުނެފައިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އޭނާގެ އަތުން ކަޓަރެއް ފެނުނު ކަމަށް ވިދާޅުވެފައެވެ. އަދި އަނިޔާ ލިބުނު މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން އެތަނުގައި ހުރި މުދަލަށްވެސް ގެއްލުން ދީފައިވާ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި އަންހެން މީހާއަކީ މިބާވަގުގެ މައްސަލަތަކުގެ ހައްޔަރު/ބަންދު ރެކޯޑް އޮންނަ މީހެކެވެ.