-Advertisement-

-Advertisement-

ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަން ވާނީ، އިސްލާމް ދީނުގެ މައްޗަށް: ރައީސް

ރައީސް ޑރ މުއިއްޒު- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަން ވާނީ، އިސްލާމް ދީނުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާއި ގުޅުވައިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަން ވާނީ، އިސްލާމް ދީނާއި، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.

ސެޕްޓްމެބަރު މަހުގެ 15 ވަނަ ދުވަހަކީ ބައިނަގްއަގްވާމީ ޑިމޮކްރަސީ ދުވަސް ކަމުގައި އދ. އިން 2007 ވަނަ އަހަރު ކަނޑައަޅާފައިވާއިރު، މިއީ ޑިމޮކްރަސީގެ އުސޫލުތައް ކުރިއަރުވައި ދެމެހެއްޓުމުގެ މަގްސަދުގައި ފާހަގަކުރާ ދުވަހެކެވެ.

މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ “ހެޔޮ ވެރިކަމެއްގައި އާޓިފިޝަލް އިންޓަލިޖެންސް ވަސީލަތެއްގެ ގޮތުގައި އޮތުމުގެ މުހިންމު ކަން” އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-