އަންހެން 2 ދަރިންނަށްނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ބައްޕައަކު އޭނާގެ އަމިއްލަ ދެއަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިމައްސަލައިގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ފުލުހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 57 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އަދި އެފަހުން ސައުތް ސެންޓްރަލް ޕޮލިހަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވި އެވެ.