-Advertisement-

-Advertisement-

ހަލި މަގުން ސައިކަލުގައި ސަރފް ބޯޑެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފި

ހުޅުމާލެއިން މާލެ އަންނަ ހަލި މަގު

ސިނަމާލެ ބްރިޖާއި ހަލިމަގުން ސައިކަލުގައި ސަރފް ބޯޑެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ، އޭނާއާއި މެދު ޤަވާއިދާއި ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅައިފައިވާކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީސް މީޑީޔާގައި ދައުރުވަމުން އަންނަ ވީޑީއޯއަކުން ފެންނަ ގޮތުގައި މާލެއާއި ހުޅުމާލެއާއި ދެމެދު ބްރިޖް އަދި ހައިވޭ ހުރަސްކޮށް ދާ ސައިކަލެއްގެ ފަހަތުގައި މީހަކު ސަރފް ބޯޑެއް ހިފައިގެން އިނދެއެވެ.

މިކަމާއި ގުޅިގެން ގިނަ އާންމުންވެސް ވަނީ މީސް މީޑިޔާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

މީގެ ކުރިން ފުލުހުން ވަނީ ބުރިޖާއި ހަލިމަގު ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކަށްވެސް ފިޔަވަޅު އަޅައިފައެވެ.

މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ މިންގަނޑާއި ޚިލާފަށް އުޅަނދުތައް ދުއްވުމުގެ ސަބަބުން ހިނގާ އެކސިޑެންޓްތައް މި ފަހުން އާދަޔާޚިޔާފަށް އިތުރުވުމާއި ގުޅިގެން ފުލުހުން ވަނީ އެ މުއައްސަސާއިން ބަލަމުން އަންނަ ޓްރެފިކް އޮޕަރޭޝަންތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-