-Advertisement-

-Advertisement-

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަނީ

ރައީސް ޑރ މުއިއްޒު- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 20 އަހަރު ދުވަހަށް އަމާޒުކޮށް ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްލޭން އެކުލަވައިލުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ނިންމައިފައިވާއިރު، އެ މަޖިލިހުން ވަނީ މި ޕްލޭން އެކުލަވައިލުމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭހެން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުންނާ އެކީގައި ވަރަށް ފުރިހަމަ ޕްލޭނެއް އެކުލަވައިލުމަށް ނިންމައިފައެވެ.
އެގޮތުން މި ޕްލޭން އެކުލަވާލުމަށް ނިންމިކަން އިއުލާނުކުރައްވައި ރައީސް އޮފީހުން ޝާޢިއުކުރި ވީޑިއޯއެއްގައި ރައީސް ޑރ މުޢިއްޒުވަނީ، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަމަށް ވަކި ޤާނޫނެއް ފަރުމާ ކުރެވިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން މި ޕްލޭން އެކުލަވައިލުމުގެ މަޤްސަދަކީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވަރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ވުމާއެކު ކުރިއަށް އޮތް ތަނުގައި މި ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކަމާބެހޭ އެކިއެކި ޖަމިއްޔާތަކާއި ހުރިހާ ޖަމާއަތްތަކާއި ކުޅިވަރު ކުޅޭ ފަރާތްތަކާއި އެކިއެކި ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވިޔަސް، ގައުމުގައި ތިބި ކަމުއޮށިގެންވާ އެކިއެކި ފަރާތްތަކާ މި ހުރިހާ ފަރާތްތަކާ ވަރަށް ވަރަށް އޮގަނައިޒްޑް ގޮތެއްގައި ވަރަށް ތަފްސީލީ ގޮތެއްގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން – ރައީސް

އެގޮތުން މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތަކީ އެންމެންގެ މަސައްކަތެއް ގޮތުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ،އެންމެންގެ ބައިވެރިވުމާ އެކީގައި މިކަމަކީ ދަރިންގެ މުސްތަޤްބަލަށް ކުރާ މަސައްކަތަކަށް ހެއްދެވުމަށާއި މިކަން ކުރިއަށް ދާނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ނަމަވެސް ލީޑް ކުރާނީ ދިވެހިން ކަމުގައި ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-