-Advertisement-

-Advertisement-

އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

ހޯމް މިނިސްޓަރު އަލީ އިހްސާން /ފޮޓޯ: މިހާރު

ހޯމް މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީ ބެލެހެއްޓުމާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހަވާލުވެއްޖެއެވެ.

އާއްމު ގޮތެއްގައި މިނިސްޓަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންގެ ތެރެއިން އެކަމަށް ޚާއްސަކޮށްފައިވާ ޓީމަކުންނެވެ. އެހެންނަމަވެސް މިނިސްޓަރުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮތްތޯ ބެލުމަށްޓަކައި ހަދާ ރިސްކް އެސެސްމެންޓަށްފަހު، ރިސްކު މަތިވުމުގެ ސަބަބުން ސިފައިން ވަނީ މިނިސްޓަރު އިހުސާނުގެ ސެކިއުރީޓީ އާއި ހަވާލުވެފައެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސަން އޮންލައިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވީ “ތްރެޓް އެސެސްމަންޓް”އެއް ހެދުމަށް ފަހު، ރިސްކު މަތިވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ނުރައްކާ އިތުރުވީ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިނިސްޓަރު އިހުސާނަށް ސިފައިންގެ ސެކިއުރިޓީ ދޭން ފަށާފައިވާއިރު، ހޯމް މިނިސްޓްރީގެ ދަށުން މިހާރު ދަނީ މުހިންމު ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ކުރިއަށްގެންދާ ‘ކުރަނގި’ އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ގޭންގު ކުށްތައް ހުއްޓުވުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-