ސިއްހީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ކަނބޮޑުވުންތަކާއި ޚިދުމަތާއި ގުޅުން ހުރި ޚިޔާލުތައް މިނިސްޓްރީއާއި ހަމައަށް ވާސިލްކޮށްދޭ “މާހަރާ” ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން އިފްތިތާހް ކުރެވުނު މި ޕޯޓަލްއަކީ، ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުން، އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާކުރުމަށް ތައާރަފްކުރެވުނު ޕޯޓަލެއްކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ.
https://x.com/MoHmv/status/1836248847573750219
އެގޮތުން މިނިސްޓްރީން ވިދަޅުވީ، ސިއްހީ ނިޒާމުގައި ރަނގަޅުކުރަން ހުންނަ ކަންކަން ރަނގަޅު ކުރުމަކީ ސިއްހީ ހިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަން ފާހަގަކޮށް އެ ވުޒާރާއިން ވަނީ، ފަދަ ނިޒާމެއް ގާއިމްކުރެވިގެން ދިއުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމުގައި ވިދާޅުވެފައެވެ.
މި ޕޯޓަލަކީ ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއިއެކު ތައްޔާރުކުރި ޕޯޓަލެކެވެ.
ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހުގެ މި އަހަރުގެ ޝިއާރަކީ ‘ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން’ އެވެ. މީގެ އިތުރުން، މި ޝިއާރުގެ ސްލޯގަން އަކީ ‘ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން’ މިއެވެ.