-Advertisement-

-Advertisement-

ބުރުސް ބަދަލު ކުރަން ޖެހެނީ ކިތައް ދުވަހުން؟

ދުވާލަކު ދެފަހަރު ދަތް އުނގުޅުމަކީ ދަތްތައް ސާފުކޮށް ބެހެއްޓުމަށްޓަކައި މުހިއްމު ކަމެކެވެ. ނަމަވެސް ސުވާލަކީ ދަތް އުނގުޅަން ބޭނުން ކުރާ ބުރުހަކީވެސް ސާފު އެއްޗަކަށް ވާން ޖެހޭނެބާވެއެވެ. ޑޮކްޓަރ ކަރިޝްމާ އެސްތެޓިކްސް ގައި މަސައްކަތް ކުރާ ކޮސްމެޓިކް ޑެންޓިސްޓެއް ކަމަށްވާ ޑޮކްޓަރ ނިޝާ ތައްކާރް ނަސޭހަތްތެރިވާ ގޮތުގައި ދަތް ސާފުކުރުމަށްޓަކައި ގެންގުޅޭ ދަތް އުނގުޅާ ބުރުސް ހީކުރާ ވަރަށްވުރެ އަވަހަށް ބަދަލު ކުރަން ޖެހޭނެއެވެ.

ޑޮކްޓަރ ތައްކާރު އިރުޝާދު ކުރައްވާ ގޮތުގައި ބުރުސް ގިނަ ދުވަހު ބޭނުން ބުރުހުގެ ބާރު ކުޑަވެ ދަތްތައް ރަނގަޅަށް ސާފު ނުވެ ކޮބަޑި އިތުރުވެގެން ދެއެވެ. އެހެން ކަމުން ދަތް އުނގުޅާ ބުރުހާ ބެހޭ ޚާއްސަ ޤަވައިދުތަކެއް ގެންގުޅެން ޖެހޭކަމެވެ.

މި ގަވައިދުގެ ތެރޭގައި 2 ނުވަތަ 3 މަހުގެ ތެރޭގައި ދަތް އުނގުޅާ ބުރުސް ބަދަލު ކުރަންވާނެއެވެ. މީގެ އިތުރުން ބުރުސް ކިސުޅިވެ ކަނޑަކަނޑައިގެން ގޮސްފައި ހުރިނަމަވެސް ބުރުސް ވަގުތުން އާކުރަން ޖެހޭނެއެވެ. އަދި ތިމާ ރޯގާއެއް ޖެހި ރަނގަޅު ވުމުންވެސް ދަތް އުނގުޅާ ބުރުސް ބަދަލު ކުރަންޖެހެއެވެ.

މިގޮތަށް ދަތްއުނގުޅާ ބުރުސް ބަދަލުކުރުމުން ދަތުގެ ހިރުގަނޑަށް ޖެހޭ ބަލިތަކާއި ދަތްފަނި ކެއުމުން ދަތްތައް ރައްކާތެރިކޮށްދެއެވެ. އަދި އަނގައިން ނުބައިވަސް ކެނޑުގެން ދިއުމާއި އަނގައިގެ އެތެރެ އިތުރަށް ސާފުކޮށް ބެހެއްޓުމަށް އެހީތެރި ވެދެއެވެ.

އެހެންކަމުން ބުރުސް ބަދަލު ކުރުމުގެ އާދަ ފަށަމާ ހިގާށެވެ. އެގޮތުން ދަތް އުނގުޅާ ބުރުސް ގިނައިން ގަނެފައި ބެހެއްޓިދާނެއެވެ. އަދި ކޮންމެ 2 މަހުން ނުވަތަ 3 މަހުން ދަތްއުނގުޅާ ބުރުސް ބަދަލު ކުރުމަށް ފޯނުގައި ނޮޓިފިކޭޝަނެއް ބަހެއްޓިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-