-Advertisement-

-Advertisement-

އިމިގްރޭޝަނުން 30 ބިދޭސީއަކު ޑީޕޯޓްކޮށްފި

އިމިގްރޭޝަނުން އިއްޔެ 30 ބިދޭސީއަކު ޑީޕޯޓްކޮށްފިއެވެ.

މި ފިޔަވަޅަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޑީޕޯޓްކުރެވުނު މީހުންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، އިންޑިއާ އަދި ނޭޕާލް މީހުން ހިމެނެއެވެ.

މީގެ އިތުރުން، މިއަދު ހެންވޭރުގެ ގެއެއް ބަލައި ފާސްކުރުމަށްފަހު ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާކަން ފާހަގަކުރެވެއެވެ.

މި އޮޕަރޭޝަންތަކުގެ ދަށުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-