-Advertisement-

-Advertisement-

މާލޭގައި ބަނގުރާ ކައްކައި ވިޔަފާރިކުރި ބިދޭސީންތަކެއް އަތުލައިގެންފި

އިމިގްރޭޝަނުން ރޭގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މާލޭގައި ބަނގުރާ ކައްކައި އޭގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަތެވެ.

ޓާސްކް ފޯސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހ. ކަޅުހުރާގޭގައި ބަލައި ފާސްކުރުމެއް ހިންގިއެވެ. އިމިގްރޭޝަނުން ބުނާ ގޮތުގައި އެ ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެކެވެ.
https://twitter.com/ImmigrationMV/status/1837199865920807088
މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އޭގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީން ހިމެނެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ހޯދައި އެތައް ސަތޭކަ ބިދޭސީއަކު ވަނީ ރާއްޖެއިން ޑިޕޯޓްކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-