-Advertisement-

-Advertisement-

ކުޑަކުދިންނަށް ކުރުނބާ އަދި ކާށިން ކުރާ ފައިދާތައް އެގޭތަ؟

ކުރުނބަލަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ކުރުނބާ އަދި ކާއްޓަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.  ކުރުނބާ އަދި ކާށިން ލިބޭ ފައިދާ ތަކުގެތެރޭގައި:

ދަރިފުޅުގެ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ
ކުރުނބަލުގައި ހިމެނޭ މީޑިއަމް ޗެއިން ޓްރައިގްލިސަރައިޑްގެ ސަބަބުން ސިކުނޑީގެ ސިއްޙަތާއި ކޮގްނިޓިވް ޑިވެލޮޕްމަންޓް ދުޅަހެޔޮ ކޮށްދެއެވެ.

ދަރިފުޅުގެ އިމިއުނިޓީ އިތުރުވޭ
ކުރުބާ ފެނުގައި އެކުލެވޭ ލޯރިކް އެސިޑުން ކުއްޖާ ބަލިތަކުން ރައްކާތެރި ކުރުމުގެ ގޮތުނެ އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދެއެވެ.

ދަރިފުޅުގެ ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓާ
ކުރުނބަލުގައި އެކުލެވޭ އިލެކްޓްރޮލައިޓްސްއަކީ ހަށިގަނޑުގައި ފެން ގިނަ އިރު ބެހެއްޓުމަށް ވަރަށް މުހިއްމު ބާވަތެކެވެ. ހޫނު ދުވަސްވަރު ދަރިފުޅު ކުރުބާ ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކާތަކެތި ހަޖަމް ކުރުމުގައި އެހީތެރިވެދޭ
ކުރުބަލުގެ ގޮބޮޅީގައި އަދި ކާށީގައި އެކުލެވޭ ފައިބާއަކީ ކާތަކެތި ހަޖަމު ކުރުމަށް ވަރަށް ބޭނުން ތެރި އެއްޗެކެވެ. މިއީ ތުއްތު ކުދިންގެ ބަކުން ތައްޔާރު ކުރުމުގައިވެސް ބޭނުން ކުރުން މުހިންމު ބާވަތެކެވެ.

ކަށިތައް ވަރުގަތަ ކޮށްދޭ
ކުރުބަލުގައި އެކުލެވޭ ކެލްޝިއަމް އަދި މެގްނީޒިއަމް ގެ އެހީގައި ބޮޑުވަމުން އަންނަ ކުދިންގެ ކަށިތައް ވަރުގަދަ ކޮށް ދިނުމަށް އެހީތެރިވެދެއެވެ.

ހަންގަޑު ރީތިކޮށްދޭ
ކާށިތެލަކީ އޭގައި ހަންގަޑުގައި ހުންނަ ރޭޝް (ހޫނުބިހި) އަދި ރަތްކަން ނައްތާލުމަށް ވަރަށް ފަސޭހަ އެއްޗެކެވެ. ކާށިތެލުގައި ހިމެނޭ އެންޓި ފަންގަލް ޕްރޮޕަޓީގެ ސަބަބުން ދަރިފުޅުގެ ހަންގަނޑު ރީތިކޮށްދީ މޮއިސްޓަރައިޒް ކޮށްދެއެވެ. މީގެ އިތުރުން ބޮލުގެ އިސްތަށިގަނޑުވެސް ޑޭންޑްރަފް އިން ދުރުކޮށްދީ ވަރުގަދަ ކޮށްދިނުމަށް އެހީވެދެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-