-Advertisement-

-Advertisement-

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަނަކަށް އަހްމަދު އަލީ ހަބީބު!

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުން

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން ހޮވައި އެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އަހުމަދު އަލީ ހަބީބު އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގެ ކެބިނެޓް ސެކްޓްރީއަކަށް މީގެ ކުރިން ހުންނެވި އަހްމަދު އަލީ ނަޖީބު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަނަކަށް އައްޔަންކުރީ މިއަދު ބޭއްވި އެ ބޭންކްގެ އީޖީއެމްގައެވެ.

މިއަދުގެ ޖަލްސާގައި ޗެއަރޕާސަންގެ އިތުރުން ބީއެމްއެމްލްގެ ޑިރެކްޓަރުންގެ ބޯޑަށްވެސް ވަނީ މެމްބަރުން އައްޔަބްކޮށްފައެވެ.

އެއީ އަހްމަދު އަހްމަދު އަލީ ނަޖީބު (ނޫވިލާގެ، ސ. ހިތަދޫ) ގެ އިތުރުން އަލްފާޟިލް ޢަލީ ޢިރުފާން، (ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ) އަދި އަލްފާޟިލް މުޙައްމަދު ޝާހިދު، ( ހުޅުމާލެ ފްލެޓް ނަންބަރު 02-2-90) އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް އަހުމަދު އަލީ ހަބީބު، ނޫވިލާގެ، ސ. ހިތަދޫ
  2. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
  3. އަލްފާޟިލް ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
  4. ޑރ.މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
  5. އަލްފާޟިލް ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
  6. އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް ޢަބްދުاللهނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
  2. އަލްފާޟިލް މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
  3. އަލްފާޟިލް ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އަހްމަދު އަލީ ނަޖީބު އައްޔަން ކުރުމަށް ސަރުކާރުން ނިންމައި އެ ބޭފުޅާގެ ނަންފުޅު  ޕީސީބީއަށް ފޮނުވައިފައި ވަނީ މި ނިމުނު ހަފްތާގައެވެ.

 

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-