-Advertisement-

-Advertisement-

މާލޭގެ މަގުތައްމަތީގައި ހުރި ބޭނުންނުކުރާ އުޅަނދުތައް ނަގަން ފަށައިފި

މަގުތަކުގައި ހުރި ބާ އުޅަނދުތައް ޓޯކުރުން - ފޮޓޯ/ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ޕާކްކޮށްފައި ގިނަ ދުވަސް ވަންދެން ބޭނުން ނުކޮށް ހުރި އުޅަނދުތަކާއި ބައުވެ ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ފަށައިފިއެވެ.

އެގޮތުން މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައި ހުރި އުޅަނދުތަކުގެ ތެރޭގައި  އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ވެހިކަލް ހުރި ކަމަށާއި އިންޖީނު ނެތް ވެހިކަލްތައްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން މަޑި ނެތް ސައިކަލު ފަދަ ތަކެތިވެސް އެގޮތަށް ހުރިކަން ފާހަގަކޮށް އެ ކައުންސިލުން ވިދާޅުވީ، ޒޯން ތަކުގައި ނުދުއްވާ ވަރަށް ބައިވަރު ސައިކަލުވެސް އެގޮތަށް މަގުތަކުގައި ހުރި އުޅަނދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.

އެގޮތުން މަގުތަކުން ނަގަމުން ގެންދާ އުޅާނދުތައް  ނައްތާލުމުގެ ކުރިން އަބަދުވެސް ފުލުން އަމަލު ކުރާ ގޮތަށް އިއުލާނު ކުރާނެ ކަމަށާއި، އުޅަނދުތައް ނަގަމުން އަންނަނީ މަގުތަކުގައި ތޮށްޖެހުން ކުޑަކުރުމަށް ކަމުގައި އެ އިދާރާއިން ހާމަކުރައްވައެވެ.

މާލެ ތެރޭގައި ހުރި ބާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނީ ސިޓީ ކައުންސިލާ، ފުލުހުން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން 300 އެއްހާ ވެހިކަލް ވަނީ ނައްތާލެވިފައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-