-Advertisement-

-Advertisement-

ސިޑްސްގެ ގައުމުތަކުުން ދަރަނިން އަރައިގަތުމަށް ހަރުދަނާ ގޮތްތަކެއް ބޭނުންވޭ: ރައީސް

ފޮޓޯ: ރައީސް އޮފީސް

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް” ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށާއި ދަރަނި ދެއްކުމަށް އެކަށޭނެ ފަހިގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން، އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ރައީސް އެދިލެއްވިއެވެ.

މީގެއިތުރުން، ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ވެސް ރައީސް ވަނީ އެދިލައްވާފައެވެ.

މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމައެއާއިއެކު ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީގެ ކަންކަން އަމިއްލަ އިސްނެގުމާއިއެކު ކުރިޔަށްގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމަޢުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިޔަށްދެވޭނެ މިންވަރުގެ ބަދަލުގައި އެޤައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއީ ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ރަސްމީ އިވެންޓެވެ.

ދިވެހިރާއްޖޭގެ އިތުރުން މި ސައިޑް އިވެންޓް ކޯ-ޗެއަރ ކުރައްވާފައިވާފައި ވަނީ އެންޓީގާ އެންޑް ބާބިޔުޑާ އަދި ނިއުޒިލޭންޑްގެ އިތުރުން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (އައި.އައި.އީ.ޑީ) އަދި ޔުނައިޓެޑް ނޭޝަންސް ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒް (ޔޫ.އެން. ޑީ.އީ.އެސް.އޭ)ގެ ސިޑްސްގެ ޔުނިޓުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-