-Advertisement-

-Advertisement-

މަތީ ތައުލީމުގެ އިމްތިހާންތަކުން ފާސްވުމަށް 50 އިންސައްތަ ހޯދަން ޖެހޭ ގޮތް ހަދަނީ!

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު. ފޮޓޯ: ސަން

އެސައިމަންޓް އަގަށް ހެދުވުމާއި ގަތުމުގެ މައްސަލަ ބޮޑުވެ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހިންގާ ކޯސްތަކުގައި ހުރިހާ އިމްތިހާނުތަކުން %50 ފާސްވާން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނައުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ އިން ނިންމައިފިއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، މި ފަދައިން އުސޫލު ބަދަލުކުރުމަށް ނިންމީ ގިނަ އަދަދެއްގެ ދަރިވަރުން އަގަށް އެސައިމެންޓް ހެދުވުމާއި އެސައިންމެންޓް ގަތުން ފަދަ ކަންކަން މަދުކުރުވުމުގެ ގޮތުން ކަމަށެވެ.

“50 އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާ ގޮތަށް ހަދައިފިނަމަ އެސައިމަންޓްގެ ބައި ކުޑަވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ. އެސައިމަންޓް ގަތުމުގެ ބައިވެސް ކުޑަވެގެންދާނެ.” ފިޒާނާ

އެގޮތުން އެހެން މީހުން ކައްވާ ކޯހުގެ އެސައިމެންޓް ހެދުވުމަކީ މައްސަލައެއްކަން ފާހަގަކުރައްވައި ފިޒާނާ ވިދަޅުވީ، އަލަށް ގެނައުމަށް ނިންމި ބަދަލާއެކު، ދަރިވަރުންގެ މައުލީމީ ފެންވަރު ރަނގަޅުވެ ގަވައިދާ ޚިލާފަށް މިހާރު ހިންގާ އަމަލުތައް، އެސައިންމަންޓު ހެދުމާއި ވަގު ސެޓްފިކެޓްތަކުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފިޒާނާ ވިދާޅުވީ، މި އުސޫލުތައް ބަދަލު ގެނެސް ވަރަށް އަވަހަށް ގެޒެޓް ކުރާނެކަމަށާއި އަދި އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތަޢުލީމްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށެވެ.

ރާއްޖޭގައި މަތީ ތަޢުލީމް ދިނުމަށް ގިނަ ކޮލެޖުތަކަކާއި ޔުނިވާސިޓީ ހިންގާއިރު ކުދިންގެ ފެންވަރު ކަނޑައަޅަނީ ކުދިން ހަދާ އިމްތިހާނުތަކާއި އެސައިމަންޓްތަކުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-