-Advertisement-

-Advertisement-

ރަސްމާލެ ހިއްކުމަށް ދެ ސަރަހައްދަކުން ވެލި ނެގުމަށް ހުއްދަ ދީފި

ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފިއެވެ.

ރަސްމާލެ ހިއްކުމަށް ހަމަޖެހިފައިވަނީ މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެންނެވެ. މި މަޝްރޫޢުގެ ދަށުން އެ ފަޅުގެ ނުވަ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު މި ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އީޕީއޭއިން ހުއްދަ ދީފައިވަނީ،  ކ.މާފުއްޓާ ދިމާލުން ހުޅަނގަށް އޮތް ދެ ސަރަހައްދަކުންނެވެ. އެ ދެ ސަރަހައްދުގެ އިތުރަށް ވެލި ނެގުމަށް އަލްޓަނޭޓިވް ސަރަހައްދެއްގެ ގޮތުގައި އިތާފުށި ރިސޯޓު ކައިރިން ސަރަހައްދެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ހަ މަސްދުވަހަށް އެ ސަރަހައްދުތަކުން ވެލި ނެގުމަށް އީޕީޢޭއިން ވަނީ ހުއްދަ ދީފައެވެ.

ރަސްމާލެގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ދުވަހުގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-