-Advertisement-

-Advertisement-

ލޮނު ފެނުގައި މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަށް އެދުމުގެ ހުޅުވާލައިފި

ފޮޓޯ: އެޑިޝަން

މަސްވެރިން ބާނާ މަސް ލޮނުފެނުގައި ފިނިކުރާ ނިޒާމު ގާއިމް ކުރަމަށް ގެންދާ މަޝްރޫޢުއަށް އެޕްލިކޭޝަން ހުށަހެޅުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ހުޅުވައިލައިފިއެވެ.

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލީހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫޢުއަކީ، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބިމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރި ކަމުން ލިބޭ ނަފާ އިތުރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު އިފްތިތާހް ކުރި މި ލޯނު މަޝްރޫއުއަށް އަލުން ހުޅުވާލީ، މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެންނާއި، އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ.

އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިކަމަށް ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ 35 އިންސަންތަ ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެވެ.

މީގެއިތުރުން، މި މަޝްރުއުގެ ދަށުން 2 މިލިއަނާއި ހަމައަށް ފައިނޭންސް ހަމަޖެހިގެން ދާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި އާރ.އެސް ޑަބުލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގެނެވޭގޮތް ހަމަޖެހިފައި އޮތްއިރު، ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބިގެން ދާނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ހަމައެއާއިއެކު 19 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ލޯނު ދެއްކޭ ގޮތް ހަމަޖެހިފައިވުމާއި އެކު ގަންނަ ތަކެތީގެ އަގުގެ 35 އިންސަންތަ ދައްކަން ނުޖެހޭ ގޮތްވުމުގެ އިތުރުން، އަމިއްލައަށް ނުވަތަ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި ރަޖިސްޓްރީ ކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-