ސްރީލަންކާގެ އިންތިޚާބީ އައު ރައީސް އަނޫރާ ޑިސަނަޔަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ޑިސަނަޔަކަށް މަރުހަބާ ދަންނަވާ ވިދާޅުވީ، އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ރާއްޖެއާއި ސްރީލަންކާގެ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މީގެއިތުރުން ޑިސަނަޔަކަށް ސްރީލަންކާގެ އިންތިޚާބީ ރައީސްގެ ގޮތުގައި ލިބިފައިވާ އައު މަޤާމުގައި ކާމިޔާބު ލިބުން އެދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގެ ރިޔާސީ އިންތިޚާބު ޑިސަނަޔަކަ ކާމިޔާބު ކުރައްވާފައި ވަނީ ދެވަނަ ފަހަރަށް ވޯޓު ގުނައިގެންނެވެ. ފުރަތަމަ ފަހަރަށް ވޯޓު ގުނައިގެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް ވޯޓު ގުނައިގެން ޑިސަނަޔަކަ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، އޭނާއަށް ލިބިވަޑައިގެންނެވި ވޯޓުގެ ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް ދެވަނަ ފަހަރު ވޯޓު ގުނުމުން ޑިސަނަޔަކަ އިންތިޅާބު ކާމިޔާބު ކުރެއްވި ކަމަށް ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ ވަނީ އިއުލާނުކޮށްފައެވެ.