-Advertisement-

-Advertisement-

29 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަނީ

ފޮޓޯ: އެޑިޝަން

ސިވިލް ސާވިސް ކޮމިޝަނުން 29 ރަށެއްގެ ކައުންސިލް އިދާރާގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) ގެ މަޤާމަށް މީހުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

މިމަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، މި މަޤާމުގައި އެސްޖީން ދެ ރޭންކެއް ހިމެނެއެވެ. ފުރަތަމަ ރޭންކްގެ މުސާރައަކީ 16،100ރ. އެވެ. އަދި ދެވަނަ ރޭންކްގެ މުސާރައަކީ 15،285ރ. އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އެސްޖީން އައްޔަން ކުރާއިރު އެސްޖީ އަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ.

އެސްޖީގެ މަގާމަކީ 2021 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަށްފަހު އުފައްދާފައިވާ މަޤާމެކެވެ. މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލްތަކަށް އެސްޖީން އައްޔަންކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދާ ރަށްތަކަކީ:

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ / ހއ. ވަށަފަރު

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ/ ހއ. ކެލާ

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ/ ހއ. މުރައިދޫ

މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ / ށ. ފޭދޫ

މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ / ށ. މަރޮށި

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ/ ށ. ފީވަށް

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ / ރ. ވާދޫ

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ/ ރ. މަޑުއްވަރީ

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ/ ބ. ފުޅަދޫ

މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ/ ބ. ފެހެންދޫ

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ

މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ/ ކ. ތުލުސްދޫ

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ / އއ. މާޅޮސް

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލް/ އދ. ދިއްދޫ

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ/ އދ. މަހިބަދޫ

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ/ އދ. ހަންޏާމީދޫ

ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ

ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ / ވ. ރަކީދޫ

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ/ ފ. ނިލަންދޫ

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ / ދ. ރިނބުދޫ

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ / ދ. ކުޑަހުވަދޫ

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ

ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށީ

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ/ ތ. ތިމަރަފުށި

ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ/ ލ. ދަނބިދޫ

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ/ ގއ. ކޮލަމާފުށި

ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ / ގއ. ދެއްވަދޫ

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-