-Advertisement-

-Advertisement-

ސައުދީއާއި ދިވެހިންނާއި ދެމެދު ވަނީ އިސްލާމީ ވަރުގަދަ ގުޅުމެއް: ރައީސް

ފޮޓޯ: ރައީސް އޮފީސް

ސައުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު އުފެދިފައިވާ ގުޅުމަކީ އިސްލާމީ ވަރުގަދަ ގުޅުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސައުދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގެ ތަޙުނިޔާ ފޮނުވައި އެމަނިކުފާނުގެ އެކްސް ހޭންޑްލްގައި ކުރެއްވި ޕޯސްޓެއްގައެވެ.

https://x.com/MMuizzu/status/1838052867698999723

އެގޮތުން އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގެ ތަޙުނިޔާ ސައުދީގެ ރަސްގެފާނު މުހައްމަދު ބިން ސަލްމާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުވައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި ސައުދީގެ ގުޅުން އުފެދިފައިވަނީ ވަރުގަދަ ގުޅުމެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ދެޤައުމުގެ ދެމެދުގައި އޮންނަ ދުވަސްވީ ގުޅުމަށާއި އެ އެގުޅުގެ ސަބަބުން ސައުދީން އަބަދުވެސް ރާއްޖެއަށް ކޮށްދެމުން އަންނަކަންކަމަށް ޤަދަރުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މި ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަވެ ބަދަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސައުދީއަރަބިއްޔާގެ ޤައުމީ ދުވަހާއި ގުޅިގެން ރާއްޖޭގައި ވަނީ ރަސްމިޔާތެއްވެސް ބާއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-