-Advertisement-

-Advertisement-

ޗައިނާގެ ފޮރިން މިނިސްޓަރާއި ރައީސް ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މިބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރައްވާފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެއިތުރުން ޑިރެކްޓަރު ވަންގ ޔީ ވަނީ ދެ ޤައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ޗައިނާގެ ތާއީދު ރާއްޖެއަށް ލިބެމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ވަކީން ޚާއްޞަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބެވުމުގެ މުހިއްމުކަމުގެ މައްޗަށް ދެ ބޭފުޅުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-