މާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށް މާލެ ސިޓީ ކައުންސިލުން ސާވޭއެއް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވާގޮތުގައި މިއީ މާލޭގެ މަގުތަކުގައި ހުރި އެކި ކަހަލަ މައްސަލަތައް ދެނެގަތުމުގެ ގޮތުން ކުރެވޭ ސާވޭއެކެވެ.
މިސާވޭ ކުރިއަށް ގެންދަނީ ތަފާތު 19 ދާއިރާއަކަށް ބަހައިލައިގެން ކަމަށް ވެސް އެކައުންސިލުން ވިދާޅުވެއެވެ.
މީގެއިތުރުން މިސާވޭ ނިމުމާއި އެކު މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ދެނެގަނެ ޑިޖިޓަލް އެއް މެޕަކަށް ނެގިގެން ދާނެ ކަމަށް ވެސް އެކައުންސިލުން ހާމަކުރައްވައެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޖޫން މަހުގައި މާލެ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މާލޭގެ މަގުތައް ވަކިވަކިން މަރާމާތު ކުރަން ނިންމައި އެމަސައްކަތް ފަށައިފި އެވެ.