-Advertisement-

-Advertisement-

ސަރުކާރުން ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން ޤާނޫނީ އެހީތެރިކަން ދެނީ

ފޮޓޯ: ޕީއެސްއެމް ނިއުޒް

ޤާނޫނާއި ޚިލާފަށް ސަރުކާރުން ވަޒީފާއިން ވަކި ކުރަމުން އަންނަ މުވައްޒަފުންނަށް ޤާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އެގޮތުން ސަރުކާރަށް ނުވަތަ ރައީސް މުޢިއްޒަށް ތާއީދު ނުކުރާ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކުކުރަމުން އަންނަކަން ފާހަގަކޮށް އެ ޕާޓީން ބުނެފައިވަނީ،އެ ފަދަ ފަރާތެއް ހުރި ނަމަ އެކަން އެ ޕާޓީއާއި ހިއްސާކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ ނުވަތަ ސިޔާސީ ސަބަބުތަކަށް ޓަކައި ފިޔަވަޅު އަޅާ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ޕާޓީގެ އީމެއިލް، helpline@mdp.org.mv އަށް މެއިލް ކޮށްގެން ނުވަތަ 7341637 އަށް ގުޅައިގެން އެކަން ހިއްސާކުރުމަށެވެ.

އެގޮތުން ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ކެމްޕެއިން ތެރޭގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުން ވެވަޑައިގެން ވަޢުދުފުޅާއި ޚިލާފުވެވަޑައިގެން ވަޒީފާތަކުން މީހުން ވަކިކުރަމުން އަންނަކަމުގައި އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީން ނެރުނު ބަޔާނުގައި އެ ޕާޓީން ވަނީ ކޮންމެ ދުވަހަކުވެސް ސަރުކާރުން އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަމުން އަންނަކަމުގައި ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ދައުލަތުގެ ޚަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން އައްޔަނުކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-