-Advertisement-

-Advertisement-

ރަށްރަށުގައި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް!

ފޮޓޯ: އަދަދު

“ވަންގަވް” ޕްލެޓްފޯމް އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރަން ފެށެންދެން ރަށްރަށުގައި ކާބޯތަކެތި އުފައްދައި އެތަކެތީގެ ޚިދުމަތް ދިނުމުގެ ހުއްދަ އެ ރަށެއްގައި ހުންނަ ސިއްޙީ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން ދޭގޮތަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސެޕްޓެންބަރު 18 ގައި ގެޒެޓްކުރި ‘ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ޤަވާއިދުގެ ދަށުން ކާބޯތަކެތި ހިދުމަތްދޭ ތަންތަން ހިންގުމަށް ދޭންޖެހޭ ހުއްދައަށް އެދެން ޖެހޭ “ވަންގަވް” ޕްލެޓްފޯމް އަތޮޅުތެރޭގައިވެސް ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި ޕްލެޓްފޯމް އަތޮޅުތެރޭގައި ބޭނުންކުރެވެން ފެށެންދެން ރަށްރަށުގައި ކާބޯތަކެތި ހިދުމަތްދޭ ތަންތަންރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާނީ އެރަށެއްގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒުގެ ބެލުމުގެ ދަށުން ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 3014361 ށް އަދި ރަސްމީ ނޫން ގަޑީގައި ނަމަ 7603204ށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-