-Advertisement-

-Advertisement-

އެފްއޭއެމްގެ ޚިޔާނަތު މައްސަލައިގެ ފަހުގެ މައުލޫމާތު ފީފާ އާއި ހިއްސާކުރައްވައިފި

ފޮޓޯ: ޕީޖީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފީފާގެ ވަފްދާ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބާއްވާފައިވާ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އެފްއޭއެމްގެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި ހިއްސާ ކުރައްވާފައެވެ.

މީގެއިތުރުން މި ޚިޔާނާތުގެ ސަބަބުން އެފްއޭއެމް އަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކުގެ މައްޗަށް ވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

އެފްއޭއެމްއިން ވަނީ އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަޙުޤީޤާ ގުޅިގެން، އެފްއޭއެމްގެ މަސައްކަތްތައް ޢާންމު ޙާލަތަކަށް ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް ޕީޖީއާއި ހިއްސާކުރައްވާފައެވެ. ޕީޖީ އައްބާސް ވަނީ ކަމާއިބެހޭ ތަހުޤީޤީ އިދާރާތަކާއި ގުޅިގެން އެކަންކަން ހައްލުކޮށްދެވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އައްބާސް ވަނީ އެފްއޭއެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް އެދިވަޑައިގެންފައެވެ.

ފުލުހުން ވަނީ އެއެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ އަމީން އެވެނިއުން އެޕާޓްމެންޓް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ފޮނުވައިފައެވެ.

މިމައްސަލައިގައި ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށުގައި ދައުވާކުރުމަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-