މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
White Alert for strong winds and rough seas. pic.twitter.com/YLdwrG2gE8
— Maldives Meteorology (@MetMaldives) September 25, 2024
އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެއެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެއިދާރާއިން ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު 13:15 އިން މިރޭ 19:00 އަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ.