-Advertisement-

-Advertisement-

އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވަނީ ކޭބަލްތަކަށް ގެއްލުންވެގެން: ނިޒާރު

ފޮޓޯ: ހުރިހާ

އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވަނީ ކޭބަލްތަކަށް ގެއްލުންވެގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވަނީ އިއްޔެ އައްޑޫއިން ކަރަންޓު ކެނޑުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ވީޑިއޯއެއްގައެވެ.

މިވީޑިއޯގައި ނިޒާރު ވިދާޅުވީ އެވަގުތު އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަކީ ގަމަށް ކަރަންޓު ދީފައިވާ ހައިވޮލްޓޭޖް ކޭބަލަކަށް ދިމާވެގެން އުޅޭ މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށާއި ކޮންމެވެސް މަސައްކަތެއް ކުރުމުގެ ތެރޭގައި އެ ކޭބަލަށް ގެއްލުންވެ ރަނގަޅު ނުކުރެވި ހުރުމުން ކަމަށެވެ.

” ކޮންމެ ފަހަރަކު ގަމަށް ކަރަންޓު ދޭއިރަށް ޕަވާ ސްޓޭޝަނުން ކަރަންޓު ފެއިލް ވަނީ. އެ މައްސަލައިގައި އައްޑޫގެ ތަންތަނުން ކަރަންޓު ކަނޑަން ޖެހިފައިވަނީ. ހިތަދޫ ކޭބަލެއްގައި ވެސް އެބަ އުޅޭ މައްސަލައެއް،”. ނިޒާރު

ނިޒާރު ވިދާޅުވީ އައްޑޫގެ އެކި ސަރަހައްދުތަކުގައި ބުރަކަށް ފުޅާ ދާއިރާއެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ކޭބަލްތަކަށް ގެއްލުން ލިބޭ ކަމަށެވެ. އަދި ގިނަ ފަހަރު އެކަމުގެ ސަބަބުން ކޭބަލަށް ލިބޭ ގެއްލުން ވަގުތުން ފާހަގަ ނުކުރެވޭ ކަމަށާއި އެކަންކަން ފާހަގަކުރެވެނީ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަން ރަނގަޅު ކުރުމަށް ފެނަކައިގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް ސަރުކާރުން އެމައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށް ނިޒާރު ވިދާޅުވި އެވެ.

“މިކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް. އައްޑޫ ސިޓީގެ އިގްތިސޯދަށާއި ރައްޔިތުން ތަހައްމަލް ކުރަމުންދާ އުނދަގޫތަކަކީ ހިތާމަކުރާ އަދި އެކަމަށް ހައްލެއް ގެނައުމަށް ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވާ ކަމެއް. ނަމަވެސް އަދިވެސް ދާއިމީނހައްލެއް ލިބިފައެއް ނުވޭ.”ނިޒާރު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-