މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ހުދު ސަމާލު ދަންމައިލައިފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
އެގޮތުން މިއަދުގެ މެންދުރާއި ހަމައަށް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު އެލާޓު ނެރެ އެއިދާރާއިން ބުނެފައި ވަނީ މި ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ކަނޑުތައް ގަދަވާނެއެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ގަދަ ވަގުތުތަކުގައި ކަނޑުގެ ރާޅުތަކުގެ އުސްމިން ހަތަރު ފޫޓައި ހަތް ފޫޓާ ދެމެދުގެ އުސްމިނުގައި ހުންނާނެ ކަމަށް ބުނެ އެއިދާރާއިން ވަނީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.