-Advertisement-

-Advertisement-

އައްޑޫ ހިތަދޫގައި ދިރިއުޅޭ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ހިތަދޫގައި ދިރިއުޅޭ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަން ފަށާފައި ވަނީ ހިތަދޫ ބީޗްރެސްޓް ނާއިލާ ހަސަންދީދީ އެވެ.

ނާއިލާގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހެނދުނު 9:00 ގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށާއި އޭނާގެ ފޯނުވެސް އޮތީ ނިއްވާލައިފައެވެ.

އެހެންކަމުން ނާއިލާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 6885454 ށް ގުޅައި އެކަން ހިއްސާކުރުމަށް އާއިލާއިން ވަނީ އެދިފައެވެ.

މިމަހުގެ 21 ވަނަ ދުވަހު ވެސް މަރަދޫ އިން މީހަކު ގެއްލިފައިވާއިރު، ހަމައެދުވަހު އޭނާ ދިރިއުޅޭ ގެއިން އޭނާ ވަނީ ފެނިފައެވެ.

މީގެއިތުރުން ހުޅުމާލެއިން ގެއްލިގެން ހޯދިމީހަކު ވެސް ވަނީ އިއްޔެ މާލެއިން ފެނިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-