މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު 4000ށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
އެގޮތުން މި އަހަރުގެ މަތީ ސާނަވީ އިމްތިޙާނުތަކުގައި ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ 48 ސެންޓަރަކުން ޖުމުލަ 3 ދަރިވަރުން ބައިވެރިވާކަމަށް ތައުލީމާ ބެހޭ ވުޒާރާއިން އާންމުކުރި މައުލޫމާތުތަކުން ދައްކައެވެ.
އެގޮތުން މި އަހަރުގެ އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިވާ 1،663 ދަރިވަރުންނާއި، އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި 3،842 ދަރިވަރެއްގެ އިތުރުން ކޭމްބްރިޖް އޭލެވެލް އިމްތިޙާނުގައި 443 ދަރިވަރުން ބައިވެރިވެއެވެ.
ކޭމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް މާދަމާ އިން ފެށިގެން 14 ނޮވެންބަރާ ހަމައަށް ކުރިއަށްދާ އިރު، އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ކުރިއަށްދާނީ 8 އޮކްޓޫބަރުން ފެށިގެން 31 އޮކްޓޫބަރުގެ ނިޔަލަށެވެ.