މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ވަގުތީ ގޮތުން ވިއްކަން މަނާކޮށްފައިވާ ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތުމުން ބޭސް އަލުން ވިއްކުން ހުއްދަ ކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މާކެޓުގައި ލިބެންހުރި މި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމުން، މި ބޭހުގައި މައްސަލައެއް ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން މިބޭސް އިމްޕޯޓު ކުރުމާއި ވިއްކުން އަދި ބޭނުންކުރުމަށް ހުއްދަ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
މީގެކުރިން ކޮފްސީ ސިރަޕް ވިއްކުން ވަގުތީ ގޮތުން އެމްއެފްޑީއޭއިން މަނާކުރީ އޭގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެންނެވެ.