-Advertisement-

-Advertisement-

ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އަދަދު

ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތް މިނިސްޓްރީން ހުޅުވައިލައިފިއެވެ.

ފަސް އަހަރު ދުވަހުގެ ދައުރަކަށް އެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ މައިގަނޑު މަސްއޫލިޔަތަކަށް ވާނީ، ކާބޯތަކެތީގެ ފެންވަރާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލަފާދިނުން ވެސް ހިމެނެއެވެ.

ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ޝަރުޠުތަކުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ޚިދުމަތްދޭ އެ ނޫން ވެސް ތަނެއްގައި މަސްލަހަތެއް އޮތް މީހެއް ކަމުގައި ނުވުން ހިމެނޭއިރު، ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި ބޯޑަށް މެމްބަރުން އައްޔަން ކުރުމުގައި ޚިދުމަތް ލިބިގަންނަ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރުންނަށް އިސްކަންދެވޭނެ ކަމަށެވެ.

އެގޮތުން މި ބޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭހެން ތައްޔާރުކޮށްފައިވާ ސީވީއެއް މަޤާމަށް އެދި ހުށަހަޅާ ސިޓީ ނުވަތަ ލިޔުމާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއެކު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގެ  13:00ގެ ކުރިން legal@health.gov.mv އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-