-Advertisement-

-Advertisement-

ރާއްޖެއަށް މިއަދުވެސް މޫސުން ގޯސް، އުތުރަށް ރީނދޫ ސަމާލު!

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް، މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

އެގޮތުން އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ، ހއ ން ފެށިގެން ބ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މިއަދު ހެނދުނު 6:45ން 10:45 ގެ ނިޔަލަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ، އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

https://x.com/MetMaldives/status/1840929862468714913?t=iv7M6unnnclU3mhqEErHlQ&s=19

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ވިއްސާރަ ކުރާ ދުވަސްވަރު ކަނޑުތައް ގަދަވެ ހިނގައިފާނެ ކާރިސާއާކުންނާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ކާރިސާއަކުން ރައްކާތެރިވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އަބަދުވެސް ރައްކާތެރިކަމުގެ ސަމާލު ނެރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-