ޒަޚަމްތަކާއެކު މަރުވެފައި އޮތް ބިދޭސީއެއް އައިޖީއެމްއެޗަށް ގެނެސްފިއެވެ.
އެގޮތުން ޒަޚަމްތަކާއެކު އޮތް މީހެއް އައިޖީއެމްއެޗަށް ގެނައިކަމުގެ ރިޕޯޓު މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ އެ މީހާއަކީ ތިލަމާލޭ ބްރިޖްގެ މަސައްކަތް ކުރާ އެފެކޮންސް ކުންފުނީގެ މުވައްޒަފެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.
އިއްޔެވެސް ވަނީ އުސްފަސްގަނޑާއި ދިމާލު މޫދުން މަރުވެފައި އޮތް މީހެއް އޮޔާ ދަނިކޮށް ފެނިފައެވެ.
މަރުވެފައި އޮއްވައި ފެނުނީ އިސްލާހީ ހަރަކާތުގެ ފޮޓޯގްރަފަރު ޖައުފަރެވެ.