-Advertisement-

-Advertisement-

ސީޕްލޭންގެ ޚިދުމަތް ހަރުދަނާކުރުމަށް އެމްއޭސީއެލްއާއި އެކު ޖޮއިންޓް ވެންޗާއެއް އުފެއްދުމަށް ނިންމައިފި

ސީޕްލޭން ޓާމިނަލް ފަށާފައި ފޮޓޯ/ މޯލްޑިވިއަން

ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދެމުން އަންނަ “މޯލްޑިވިއަން ސީޕްލޭން” ގެ ޚިދުމަތް އެންމެ މިޒަމާނީ ފެންވަރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއެކު ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.

އެންމެ ފަހުން ކުރިއަށްދިޔަ  ވަޒީރުންގެ މަޖިލިހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓްރީ ހުށަހެޅި މި ހުށަހެޅުމަށް އެ މަޖިލިހުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސް ނިންމަވާފައިވަނީ  އެމްއޭސިއެލާއެކު ސްޓެރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްގެން އެ ކުންފުނި އުފެއްދުމަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

އެގޮތުން މި ވެންޗަރ ކުންފުނި އުފެއްދުމަށް ނިންމައިފައިވަނީ، އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށެވެ. އަދި މި ކުންފުނި އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް 30ވަނަ ދުވަހަށް ނިންމުމަށް އަމާޒު ކަނޑައަޅައިފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

އަދި ހަމައެޔާއެކު މި ކުންފުނި އުފެއްދުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-