އަތޮޅުތެރޭ ރަށެއްގައި ކުޑަކުއްޖަކު ބަރަހަނާކޮށްގެން ގަނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިއްޔެ މީސް މީޑީޔާގައި އާންމުވި ޕޯސްޓެއްގައި ވަނީ، ލ ގަމުގައި ހުންނަ ހައްމަދު ބުން ހަނީފާ އައްޘާނީ ސްކޫލުގެ ޓީޗަރެއްގެ ދަރިފުޅު ގޭގައި ހުއްޓައި އެގެޔަށް ވަދެ ބިރު ދައްކައިގެން ގެންގޮސް އެ ކުއްޖާ ބަރަހަނާކޮށްގެން ވީޑިއޯކޮށް ގަނާކުރި މައްސަލައެއް ފެންމަތިވެފައިވާކަމަށެވެ.
އޭގެ ފަހުން އެ ކުއްޖާގެ މަންމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާ ގޭގައި ނިދާފައި އޮއްވައި ކޮޓަރީގެ ކުޑަދޮރުން ވަދެ ބޭރަށް ގެންގޮސް އެ ސަރަހައްދުގައި އޮންނަ ރުއްގަނޑަކަށް ވައްދައިފައިވާކަމަށެވެ. އެގޮތުން އެ ކުއްޖާ ބޭރަށް ގެންދިޔައީ ނުގޮސްފި ނަމަ މަރާލާނެކަމަށް ބުނެ ބިރުދައްކައިގެން ކަމަށްވެސް އެ އެ ޕޯސްޓްގައި ވަނީ ބުނެފައެވެ. ހަމައެޔާއެކު ރުއްގަނޑަށް ގެންގޮސް އެ ކުއްޖާ ބަރަހަނާކޮށް ދަނޑިބުރިޔަކުން ތަޅާ ވީޑިއޯ ކުރުމަށް ފަހު ރުފިޔާ ނުދީފިނަމަ ވީޑިއޯ ލީކް ކުރާނެ ކަމަށް ބުނެ ބްލެކްމެއިން ކޮށްފައިވާކަމަށާއި އަދި އެއް ފުރައިގެ ކުރިން ތިބި އިސްޓަގްރާމް ގްރޫޕަކަށް އެ ވީޑިއޯލައި ދަރިފުޅަށް މަރުގެ އިންޒާރުދިންކަމުގައިވެސް އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.
އެގޮތުން މިއީ ގްރޭޑް 9 ގައި އުޅޭ ކުއްޖެ އިސްވެ ހުރެ ގްރޫޕަކުން ހިންގި އަމަލެއް ކަމަށާއި އޭނާގެ ދަރުފުޅަށް އިންސާފު ހޯދައިދިނުމަށް އެ ޕޯސްޓްގައި ވަނީ ގޮވާލައިފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ވަނީ ސޯޝަލް މީޑިއާއިން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަމާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ހާމަކޮށްފައެވެ.