-Advertisement-

-Advertisement-

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަން ކުރި އިއުލާނު މާލީ ޙާލަތުގެ ސަބަބުން ބާޠިލްކޮށްފި

އިސްލާމީ މަރުކަޒު – މާލެ -- ފޮޓޯ: ވެޔާއީސްމޯލްޑިވްސް

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ޤާއިމްކުރުމަށް ކޮށްފައިވާ އިއުލާން، ސަރުކާރުގެ މާލީ ޙާލަތަށް ބަލައި ބާޠިލްކޮށްފިއެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން  އެ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކުރީ އިއްޔެއެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ މުންނާރުކައިރީގައި މަސްފެންގަނޑެއް ހެދުމަކީ، މި ވަގުތު ރާއްޖޭގެ މާލީ ޙާލަތުން އޮތްގޮތުން ކުރުން އެންމެ މުނާސަބު ކަމެއް ނޫން ކަމަށެވެ.

ވުމާއެކު އެ އިއުލާނު ބާޠިލްކުރުމަށް މިހާރު އަންގައިފައިވާ ކަމަށް މިނިސްޓަރު ވަނީ އަންގައިފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝަހީމް ވިދަޅުވީ، އިސްލާމީ މަރުކަޒު އިމާރާތް ކުރީއްސުރެ އެ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ހަދާނެ ތަނެއް ހަދާފައި އޮންނަ ކަމަށާއި މިހާރު އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

ސަރުކާރުގެ ދަރަނި ބޮޑުވެ އާމުދަނީ ދަށްވުމުގެ ސަބަބުން، ދައުލަތުގެ މާލީ ޙާލަތު ދަށްވެފައިވާ ކަމަށާއި ދައުލަތުގެ އިދާރާތަކުން އެކި ކަންކަމަށް ކުރާ ޚަރަދުތައް ވީހާވެސް މަދުކޮށް ކޮންމެހެން ކުރަން ޖެހޭ ޚާރަދުތައް ފިޔަވައި އެހެން ޚަރަދުތައް ނުކުރުމަށް ރައީސް މުއިއްޒު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-