-Advertisement-

-Advertisement-

ބައްސާމްގެ 2 އެޕާޓްމެންޓު ފުލުހުންނާއި ހަވާލުކުރަން އަންގައިފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް /ފޮޓޯ: އަވަސް

އެފްއޭއެމްގެ ޚިޔާނަތުގެ ތުހުމަތު ކުރެވޭ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މިލްކިއްޔާތުގައިވާ 2 އެޕާޓްމެންޓު ފުލުހުންނާއި ހަވާލު ކުރުމަށް އަންގައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެފްއޭއެމްގެ ޚިޔާނަތުގެ ތުހުމަތު ކުރެވޭ ބައްސާމް އަދީލް ޖަލީލު (ގ. ފަހިވާގެ/ މާލެ) ގެ މިލްކިއްޔާތުގައިވާ ހުޅުމާލެ’ އަމީން އެވެނިއުގެ 2 އެޕާޓުމެންޓު 6 އޮކްޓޯބަރު 2023 (އަންނަ އާދިއްތަދުވަސް) ގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް 28 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެ ދެ އެޕާޓުމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބާއްސާމް އަމީން އެވެނިއުއިން 2 އެޕާޓްމެންޓު ގަނެފައި ވަނީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިންނެވެ. މިމައްސަލައިގައި ފުލުހުން ވަނީ ބައްސާމްގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-