-Advertisement-

-Advertisement-

އާ ސަހަރާގެ އައު އިމާރާތް ހުޅުވާތީ އެ ވަގުތައް ބައެއް މަގުތައް ބަންދު!

މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު އިމާރާތް ކުރަން ފެށި މާލޭ އާސަހާރާގެ އައު އިމާރާތުގެ މަސައްކަތް ނިންމައި މިއަދު ހުޅުވުމަށް ހަމަޖެހިފައިވާތީ، އެވަގުތު ތަކުގައި އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކުރުމަށް ނިންމައިފިއެވެ.

އެގޮތުން މިއަދު ހެނދުނު 10:30ން ފެށިގެން އެ އިމާރާތް ހުޅުވުމުގެ ރަސްމިޔާތާއި އަދި ހުކުރު ނަމާދު ނިމެންދެން އެ ސަރަހައްދުގެ އާންމު ޓްރެފިކަށް ބަދަލުތަކެއް ގެނެވިފައި ވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

https://x.com/TrafficPoliceMv/status/1841893789092479254

އެގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދުގައި ހިމެނޭ، ވައިދެރިހިނގުން، ނިކަގަސްހިނގުމުގެ އިތުރުން ތަބްރޭޒީހިނގުން ބަންދުކުރުމަށް ނިންމާފައި ވާކަމަށެވެ.

އާސަހާރާގެ އެންމެ ތިރީ ފަންގިފިލާ ގެ މަސައްކަތް ނިންމުމަށްފަހު އެބައިގައި ނަމާދު ކުރުމަށް މި މަހުގެ ކުރީކޮޅުގައި ހުޅުވާލި ނަމަވެސް މުޅި އިމާރާތް އެއްކޮށް ނިންމައި ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

އާސަހަރާ މިސްކިތް ތަރައްގީކޮށްފައި ވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން އެ ތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމް ވެސް ހިމެނެއެވެ.

އަދި އެތަނުގެ ހިނަވާގެވެސް ފަރުމާކޮށްފައިވަނީ އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ފެށި މި މަސައްކަތް ނުނިމި ދިގުލައިގެން ގޮސް ޖުމުލަ ދެ ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލުކޮށްފައިވެއެވެ.

އޭގެ ފަހުން މޭޔަރުކަމަށް ވަޑައިގެން އާދަމް އާޒިމް ވެސް ވަނީ އެ މަސައްކަތް ނިންމުމަށް އެހެން ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

އެގޮތުން އެތަން ނިމި ހުޅުވުމާއި ހަމައަށް އައި އިރު އެ އިމާރާތް ކުރުމަށް އިމާރާތާއި ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ ހޭދަ ވެފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-