-Advertisement-

-Advertisement-

މަސައްކަތް ނުނިމި ދިގުލައިގެން ދިޔަ އާސަހަރާގެ އައު އިމާރާތް ހުޅުވައިފި

އާސަހަރާ ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު ފަށައިގެން މަސައްކަތް ނުނިމި ދިގުލައިގެން ދިޔަ މައްޗަންގޯޅި ސަހަރާ ނުވަތަ އާސަހަރާ މިސްކިތުގެ އައު އިމާރާތުގެ މަސައްކަތް ނިންމައި މިއަދު ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުވައިދެއްވީ، މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

2023 ވަނަ އަހަރުގެ ޖޫން މަހުގައި ފެށި އާސަހަރާގެ އައު އިމާރާތުގެ މަސައްކަތް ނިމުން އިރު ޖުމުލަ 3 ކުންފުންޏަކަށް  11.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެގޮތުން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އާސަހަރާގެ މަސައްކަތްކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށާއި ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށާއި އަދި ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށް ކަމަށެވެ.

ޒަމާނީ ފެންވަރަށް އާސަހަރާ ތަރައްޤީކޮށް މިއަދު ހުޅުވާފައިވާއިރު އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި  އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނަ އިރު ހިނަވާ ބައިވެސް ފަރުމާކޮށްފައިވަނީ އެއް ފަހަރާ 2 މީހުން ފެން ވެރުވޭގޮތަށެވެ.

އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު، އަލުން ހުޅުވުމުން، މަލެ ސިޓީގެ، މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް، ހުޅުމާލެއަށް ގެންދިއުމަށް، އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށާއި އެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-