-Advertisement-

-Advertisement-

28 ޙާފިޒަކަށް “ރައީސުލްޖުމްހޫރިއްޔާގެ މެޑަލް” އަރުވައިފި

ރައީސްގެ މެޑަލް ޙާސިލްކުރެއްވި ޙާފިޒަކަށް ރައީސް ޑރ މުޢިއްޒު މެޑަލް ޙަވާލުކުރައްވަނީ - ފޮޓޯ/ރައީސް އޮފީސް

މުޅި ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަތު ޙާސިލްކުރި 28 ޙާފިޒަކަށް “ރައީސުލްޖުމްހޫރިއްޔާގެ މެޑަލް” އަރުވައިފިއެވެ.

“ރައީސުލްޖުމްހޫރިއްޔާގެ މެޑަލް” ގެ ނަމުގައި ހާފިޒުންނަށް އެރުވި މި މެޑަލް ޙަވާލިކޮށްދެއްވައިފައި ވަނީ،  ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ.

ޙާފިޒްކަމުގެ ސަނަދާއި ބެހޭ އުސޫލު މުރާޖައާކޮށް 2020 ވަނަ އަހަރު ވަނީ  85 އިންސައްތަ މާކްސް ލިބިގެން އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް ކޮންމެ އަހަރަކުވެސް ޖޫމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަދި  ދެ ވަނަ އަދި ތިން ވަނަ ދަަރަޖައިގައި ފާސްވާ ހާފިޒުންނަށް ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި މި މެޑަލް ދޭ ގޮތަށް ނިންމައިފައެވެ.

އެހެން ނަމަވެސް މި އަހަރު ވަނީ،  ކުރިންވެސް އޮތް ގޮތަށް ދަރަޖަ ތަފާތު ކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް “ރައީސުލްޖުމްހޫރިއްޔާގެ މެޑަލް” ދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

މިއަދު ޙާފިޡުކަމުގެ މެޑަލް ލިބިވަޑައިގެންނެވި 28 ބޭފުޅުންނަކީ:-
1. އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ
2. އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް
3. އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ
4. އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް
5. އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ
6. އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް
7. އަލްޙާފިޡާ ފާޠިމަތު އަޙްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް
8. އަލްޙާފިޡް ޢަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ
9. އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ
10. އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި
11. އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ
12. އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ، ދ. މީދޫ
13. އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު
14. އަލްޙާފިޡް ރާހިން ބިން މުޙައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ
15. އަލްޙާފިޡް އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް
16. އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ، ސ. ފޭދޫ
17. އަލްޙާފިޡް ޢަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ
18. އަލްޙާފިޡާ ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ
19. އަލްޙާފިޡް އަޛީން މުޙައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް
20. އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ޢަންބަރީގެ، ރ. މީދޫ
21. އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ
22. އަލްޙާފިޡާ މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ، ނ. ލަންދޫ
23. އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި
24. އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި
25. އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު
26. އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް
27. އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު
28. އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ

މި އަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރި ޙަފްލާގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވަނީ، ކުރިއަށް އޮތް ތަނުގައި ޙާފިޒުކަމުގެ ސަނަދު ޙާސިލްކުރައްވާ ފަރާތްތަކަށް އެ ދަނަދު އެރުވުމަށް ވަކިން ޚާއްސަ ވަކި ރަސްމިޔާތެއްވެސް ބާއްވަވާނެކަމަށް އިއުލާނުކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-