-Advertisement-

-Advertisement-

ދެކުނު ކޮރެއާގެ ކުންފުންޏަކަށް 52 މިލިޔަން ރުފިޔާ ދެއްކުމަށް އެފްއޭއެމްއަށް ޙުކުމް ކޮށްފި

އެފްއޭއެމް ހައުސް

ދެކުނު ކޮރެއާގެ ކުންފުންޏަކަށް 52 މިލިޔަން ރުފިޔާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ކޯޓުން އެފްއޭއެމްގެ މައްޗަށް ޙުކުމުގައި ބުނެފައިވަނީ، ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާއި އެފްއޭއެމްއާއި ދެމެދު 2021 ވަނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު ވެވުނު ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކާއި ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ އަގަށްވާ ފަންސާސް ދެ މިލިޔަން އެއް ލައްކަ ފަންސާސްހާސް ހަތަރުސަތޭކަ ސާޅީސް ރުފިޔާ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އެފްއޭއެމްގެ މައްޗަށް އަންގާ ކަމުގައެވެ.

އެފްއޭއެމްގެ ރައީސަކަށް ބައްސާމް ހުރެގެން ހިންގައިފައިވާ ޖަރީމާތަކުގެ ސަބަބުން މުޅި އެފްއޭއެމް އަޑި އަޅާލައި މުޅި އެސޯސިއޭޝަންގެ ހިންގުން ވަނީ ބޮއްސުންލައިފައެވެ.

އަދި ގިނަ ޚިޔާނާތްތަކެއްގެ ސަބަބުން މުޅި އެސޯސިއޭޝަނަށް މާލީ ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފައެވެ.

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީގުތަކަށް ފަހު ފުލުހުން ވަނީ،  ބައްސާމް އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތީ އެފްއޭއެމްގެ ފައިސާއިން ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް ރުފިޔާ ބޭނުންކޮށްގެންކަމަށް ތުހުމަތުކޮށްފައެވެ.

އެޔާއެކު ބައްސާމް އަދީލް ޖަލީލް، ހުޅުމާލޭ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށްވެސް އިއްޔެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބައްސާމް އެ ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ފައިސާއިން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-