-Advertisement-

-Advertisement-

މާލޭގެ ފިހާރައެއްގައި ތޫނުއެއްޗަކުން މީހަކަށް ޙަމަލާދީފި

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދިން ކަމުގައި ރިޕޯޓް ރޭ 22:01 ގައި އެ އިދާރާއަށް ވަނީ ލިބިފައެވެ.

އަދި މި ހާދިސާގައި އަނިޔާވެފައިވާ މީހާއަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައި ވާކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރރު ކޮށްފައިނުވާ ކަމަށާއި ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ކަމުގައި އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ހަމަލާދީފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އެގޮތުން އޭނާގެ ބަނޑަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު އަނިޔާތައް އެހާ ސީރިއަސް ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-