-Advertisement-

-Advertisement-

މުދައްރިސުންނަކީ އުއްބަތިތަކެއް ފަދަ ބައެއް: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް

މުދައްރިސުންނަކީ އުއްބަތިތަކެއް ފަދަ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ވިދާޅުވީ މުދައްރިސުންނަކީ އުއްބަތިތަކެއް ފަދަ ބައެއް ކަމަށާއި އެހެން މީހުންނަށް އަލިކުރުމަށްޓަކައި އުއްބައްތިތައް ވިރިގެންދާއިރު، އޭގައިވާ ހުޅުކޮޅުން އެތައް ހާސް ބައްތިއެއް ދިއްލައިދޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ކޮންމެ މީހަކު ވެސް އެ އަލިކަމުގެ ތެރެއިން އަމިއްލައަށް ކުރިއަށް ދިއުމަށް ކަމަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަސް ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުދައްރިސުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ކުރިއަށް ގެންދިއުމަށާއި ވަކިވަކި ޓީޗަރުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހަދިޔާ ނުދިނުމަށް އަންގާފައެވެ.

މީގެއިތުރުން، ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށާއި، ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމަށާއި، ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުކުރުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް ވަނީ އަންގާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-