-Advertisement-

-Advertisement-

އުމުރުން ދުވަސްވީ މީހުން އަތުން ފޭރުން އިތުރުވެ ސަމާލުވާން ފުލުހުން އެދިއްޖެ

ފޮޓޯ: ފުލުހުން

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގުން އިތުރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް މިހާރު ގިނަވެ، އެފަދަ މައްސަލަތައް ރިޕޯޓު ކުރުން އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރާގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް އާންމު ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-