ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ.
އެހެންކަމުން އެއިދާރާއިން ވަނީ މިރޭ 21:00ން ފެށިގެން މެންދަމު 2:00ށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.